ލައިފްސްޓައިލް

އެމިލީގެ ފިރިމީހާއާއެކު ފުރަތަމަ ޑޭޓްގައި ލީ ހަޑި ޖެކެޓް

އިނގިރޭސި ވިލާތުގެ އެމިލީ ބްލަންޓް އަކީ ސްޓައިލިޝް އަދި ކާމިޔާބު އެކްޓްރެސް އެކެވެ. ރެޑް ކާޕެޓްގައި "ގްލެމަރަސް" ޑިޒައިނަ ގައުން ލާފައިވާ ތަރިއެކެވެ. އަދި އެމިލީ ވަނީ މެރީލް ސްޓްރީޕް އާއި އޭން ހެތަވޭ އާއެކު "ޑެވިލް ވެއާސް ޕްރާޑާ" ކުޅެފަ އެވެ. އެހެން ނަމަވެސް ބައެއް ފަހަރު 39 އަހަރުގެ އެމިލީގެ ފެޝަން ޗޮއިސް އެހާ ކަމަކު ނުދެ އެވެ.

ދަ ލޭޓް ޝޯ ވިތް ސްޓީވަން ކޯލްބާގައި ސްޓީވަން އެމިލީއާ ސުވާލެއް ކުރި އެވެ. އެއީ އެމިލީގެ މިލްކިއްޔާތުގައިވާ އެއްޗެއް އެހެން ނަމަވެސް އެއްލާލަން ޖެހޭ އެއްޗަކީ ކޮބައިތޯ އެވެ.

މި ސުވާލުގެ ޖަވާބުގައި އެމިލީ ބުނީ އޭނާ އަތުގައި ވަރަށް ކުރީގެ ހަޑި ރޯޔަލް ބްލޫ މަހުމާ ޖެކެޓެއް އޮންނާނެ ކަމަށެވެ.

"އަހަރެން އެ ޖެކެޓެއް ނުލަން، އެކަމަކު ޖޯންއާ އެކު ދިޔަ ފުރަތަމަ ޑޭޓްއަށް އެ ޖެކެޓް ލީން. އެއީ ވަރަށް ހަޑި ޖެކެޓެއް،" އެމިލީ ބްލަންޓް ބުންޏެވެ.

ބަދަލުގައި ސްޓީވަން އެހީ އެ ޖެކެޓަކީ އެއިރު ލާން ހަޑި ޖެކެއްތޯ އެވެ. އެމިލީ ބުނީ އޭރުވެސް އެ ހަޑިހެން ހީވާ ކަމަށާއި އެހެނަސް އެއިރު އޭނާ ހީކުރީ އެ ޖެކެޓް ލީމާ ރީތިވާނެ ކަމަށެވެ.

ދެވަނަ ޑޭޓަކަށް ދިޔަކަން ސްޓީވަން ފާހަގަކުރުމުން، އެމިލީ ބުނީ ޖޯން، މެމޯއެއް ފޮނުވާފައި ބުނީ އެ ޖެކެޓް ނުލަންޔާ ދެވަނަ ޑޭޓެއް ލިބޭނެ ކަމަށެވެ. އަދި އެކަން ކާމިޔާބުވި އެވެ.

އެމިލީގެ ފިރިމީހާއަކީ އެކްޓަރު އަދި ފިލްމްމޭކާ ޖޯން ކްރަސިންކީ އެވެ. މި ދެ ލޯބިވެރިން ކައިވެނިކޮށްފައިވަނީ 2010 ގައެވެ. އަދި މި ދެމަފިރިންނަށް އަށް އަހަރުގެ ހޭޒަލް އާއި ހަ އަހަރުގެ ވަޔަލެޓް ލިބިފައިވެ އެވެ.

ޖޯންގެ މަޝްހޫރުވާން ފަށާފައިވަނީ ކޮމެޑީ ސީރީޒް "ދި އޮފިސް" އިންނެވެ. މީގެ އިތުރުން ޖޯންގެ ފާހަގަކޮށްލެވޭ ފިލްމު ޕްރޮޖެކްޓްތަކުގެ ތެރޭގައި "13 އަވާސް"، "އަ ކުއާޔެޓް ޕްލޭސް"، "ޖެކް ރަޔާން"، "ޑރ ސްޓްރޭންޖް އިން ދަ މަލްޓިވޯލްޑް އޮފް މޭޑްނަސް" އަދި "ޑީސީ ލީގް އޮފް ސުޕަޕެޓްސް" ހިމެނެ އެވެ.

އެމިލީ ބުނީ "ޑެވިލް ވެއާސް ޕްރާޑާ"ގެ ފެޝަން އާއި އެކްޓަރުންތައް ވަރަށް ކަމުދާ ކަމަށާއި ސިކުއެލްއެއް ހަދަން ތައްޔާރުވާ ކަމަށެވެ.

މީގެ އިތުރުން އެމިލީގެ ފާހަގަކޮށްލެވޭ ޕްރޮޖެކްޓްތަކަކީ "އެޖް އޮފް ޓުމޯރޯ"، "ދަ ޔަންގް ވިކްޓޯރިއާ"، "ދަ ހަންޓްސްމަން: ވިންޓާސް ވޯ"، "އިންޓު ދަ ވުޑްސް"، "ސިކާރިއޯ"، "ދަ ގާލް އޮން ދަ ޓްރޭން"، "އަ ކުއާޔެޓް ޕްލޭސް" އަދި "މެރީ ޕޮޕިންސް ރިޓާންސް" ހިމެނެ އެވެ.