ހޮލީވުޑް

"ޓެން އިޔާ ޗެލެންޖުން" ހޮލީވުޑްގެ ތަރިންގެ އެހާރު

ދުނިޔޭގެ އެންމެ ގިނަ މީހުން ފޮޓޯ ހިއްސާ ކުރަން ޖަމާވަނީ ސޯޝަލް މީޑިއަށެވެ. ފޮޓޯ އަށް ހާއްސަވެފައި އޮތް "އިންސްޓަގްރާމް" ގައި އިއްޔެ އެންމެ ހިނގީ "ޓެން އިޔާ ޗެލެންޖް" އެވެ. މިއީ 10 އަހަރު ކުރިން ނަގާފައިވާ ފޮޓޯ އަކާއި މިއަހަރު ނުވަތަ މިދިޔަ އަހަރު ނަގާފައިވާ ފޮޓޯ އެއް ކައިރި ކައިރީ ޖައްސާފައި ހިއްސާ ކުރުމެވެ.

"ޓެން އިޔާ ޗެލެންޖު"ގައި ހޮލީވުޑްގެ ތަރިން އެމީހުން ދިހަ އަހަރު ކުރިން ނަގާފައިވާ ފޮޓޯ އާއި މިހާރުގެ ފޮޓޯތައް ފޭނުންނަށް ދައްކާލި އިރު ބައެއް ތަރިން ތަފާތު ކަމުން ނުވެސް އެނގެ އެވެ. އަނެއްބައި ތަރިންގެ ފޮޓޯ ތަކުން މާ ބޮޑު ތަފާތެއް ނުފެންނައިރު ހީވަނީ އެއީ ދެންމެ ނަގާފައިވާ ދެ ފޮޓޯ ހެންނެވެ. މި ފޮޓޯތައް މުޅި ސޯޝަލް މީޑިއާގައި ހިއްސާކުރަމުން ދާއިރު، ހޮލީވުޑްގެ ތަރިން ބުނަނީ ދިހަ އަހަރުވީ އިރު ވަގުތު ދިޔަ ގޮތް ނުވެސް އެނގޭ ކަމަށެވެ.

އެލެން ދިޖެނެރެސް
ޖެނެޓް ޖެކްސަން
ޓްރެވެ ނޯ
ޓައިރާ ބޭންކްސް
މެޑޯނާ
ލޮރީ ލޯފްލިން
ޖެސިކާ ބިއެލް
ރީސް ވިދާސްޕޫން

މިއީ ހޮލީވުޑްގައި "ޓެން އިޔާ ޗެލެންޖު"ގައި ބައިވެރިވީ ތަރިންގެ ތެރެއިން ފާހަގަކޮށްލެވޭ ތަރިންގެ ފޮޓޯތަކެވެ. ހޮލީވުޑްގެ އިތުރުން ރާއްޖޭގައިވެސް މި ޗެލެންޖުގައި ދަނީ ބައިވެރިވަމުންނެވެ.