ހަބަރު

ދިވެހި ވަގު ޕާސްޕޯޓްތަކަކާއެކު ބަޔަކު ހައްޔަރުކުރި މައްސަލަ ބަލަނީ

Jul 5, 2019
4

ޓިއުނީޝިއާ އިން ހައްޔަރުކުރި ބެލަރޫސް ބައެއްގެ އަތުން ދިވެހި ވަގު ޕާސްޕޯޓްތަކެއް ފެނުނު ކަމަށް ބުނާ މައްސަލައެއް އިމިގްރޭޝަނުން ބަލަން ފަށައިފި އެވެ.

ޓިއުނީޝިއާ އަށް ގޮސް އުޅުނު ބެލަރޫސްގެ ބަޔަކު ހައްޔަރުކޮށްފައިވަނީ އެގައުމަށް ޖާސޫސް ކުރަން ގޮސް އުޅުނުކަމުގެ ތުހުމަތުގައި އެވެ. އެމީހުންގެ އަތުން ދިވެހި ވަގު ޕާސްޕޯޓްގެ އިތުރުން ޔޫކްރެއިން އާއި ޕޮލެންޑްގެ ޕާސްޕޯޓް ފެނިފައިވާ ކަމަށްވެސް ބޭރުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރާއްޖޭގެ ވަގު ޕާސްޕޯޓްތަކަކާއެކު ޓިއުނީޝިއާއިން ބަޔަކު ހައްޔަރުކުރި ކަމަށްބުނާ ހަބަރުގެ ސައްހަކަން ކަށަވަރުވެފައިނުވާ ކަމަށާއި އެމައްސަލަ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

އިމިގްރޭޝަނުން ބުނީ، ރާއްޖޭގެ އެކެލްކްޓްރޯނިކް ޕާސްޕޯޓަކީ ފަހުގެ ޓެކްނޮލޮޖީއާއެކު ސަލާމަތީ ފީޗާތަކާއެކު އެކުލަވާލާފައިވާ ޕާސްޕޯޓެއް ކަމަށާއިި އެޕާސްޕޯޓަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ ޕާސްޕޯޓެއް ކަމަށެވެ. އެހެންކަމުން އޭގެ ވަގު ޕާސްޕޯޓެއް ހަދައިގެން މިހާރުގެ އިމިގްރޭޝަން ސިސްޓަމްތަކުން ގައުމަކަށް އެތެރެވެވޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.