މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުންގެ މީހުން ބޭނުންނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
އިމިގްރޭޝަނުން ބުނީ މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ފުރުމަށް ޕާސްޕޯޓު ހެދުމަށް އަންނަ މީހުންނަށް ހިނދުން ހިނދަށް މި ހިދުމަތް ފޯރުކޮށްދިނުމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މެޑިކަލް އިމަޖެންސީގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނާއި އުމުރުން 65 އަހަރުން މަތީގެ މީހުން ބޭނުންނަމަ އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި ހުށަހެޅޭނެ އިންތިޒާމު އިއްޔެއިން ފެށިގެން ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.
އިމިގްރޭޝަނުން ބުނީ މެޑިކަލް އިމަޖެންސީގައި ޕާސްޕޯޓަށް އެދޭ މީހުންނަށް ކޮންމެ ވަގުތަކު ހިނދުން ހިނދަށް އެ ހިދުމަތް މިހާރު ލިބޭނެ ކަމަށެވެ.
އެ ގޮތުން އެ މީހުން ޕާސްޕޯޓު ހެއްދުމަށް އިމިގްރޭޝަނަށް ހާޒިރުވުމުން އިމިގްރޭޝަންގެ އެހީތެރިކަމާއެކު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނެގުމުގެ އިންތިޒާމުވެސް ފޯރުކޮށްދޭނެ ކަމަށާއި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ހެނދުނު 8:30 އިން ހަވީރު 5:00 އަށް މި ހިދުމަތް ލިބޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.