ބިދޭސީން

6،700 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ: އިމިގްރޭޝަން
0%
0%
0%

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު 6،700 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްލައިފި އެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކުރަން ފެށި އޮޕަރޭޝަންގައި މިހާތަނަށް 6،750 ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށެވެ.

ޑިޕޯޓްކުރި ބިދޭސީންގެ ތެރޭގައި ގިނައީ ކުރަން އައި މަސައްކަތް ނޫން އެހެން ދާއިރާއެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީން ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދާއި ބައެއް ރަށްރަށުގައިވެސް ސިލްސިލާކޮށް ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ހައްލު ކުރާނެ ކަމަށް ސަރުކާރުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910