ބިދޭސީން

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އަތުލައިގެންފި

ގަވާއިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދަނީ -- ފޮޓޯ: އިމިގްރޭޝަން
0%
0%
0%

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި މި ބިދޭސީން އަތުލައިގަތީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަންގަ އެވެ.

މި ބިދޭސީން އަތުލައިގަތީ މާލޭގެ ސޯޝަލް ސެންޓަރު އަދި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުންނެވެ.

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އަށް ބިދޭސީއަކު މި އޮޕަރޭޝަންގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ދަނީ މާލެ ސަރަހައްދާއި ބައެއް ރަށްރަށުގައިވެސް ސިލްސިލާކޮށް ރެއިޑް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 6،000 އަށް ވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910