ހަބަރު

ޖަޒީރާ ހޮޅުއަށީގެ ބައްދަލުވުމަށް ރައީސް ތިނަދޫއަށް

އާންމުންގެ ހިޔާލު ހޯދަން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންނާ ދެމެދުގައި ބާއްވާ "ޖަޒީރާ ހޮޅުއަށި" ސިލްސިލާގެ ދެވަނަ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ. ތިނަދޫއަށް ވަޑައިގެންފި އެވެ.

ޖަޒީރާ ހޮޅުއަށީގެ މިފަހަރުގެ މައުލޫއަކީ "މަސްވެރިކަމުގެ ނަފާ" އިތުރު ކުރުމެވެ.

އެގޮތުން މަސްވެރިކަމާ ބެހޭ މައުލޫމާތުތަކާއި މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭ ގޮތުން ރައީސް އާންމުންގެ ހިޔާލު ހޯއްދަވާނެ އެވެ. މިރޭ އޮންނަ ބައްދަލުވުމުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ރައްޔިތުން މަޖިލީހުގައި ތިނަދޫ ތަމްސީލު ކުރައްވާ ދެ މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.