ގދ. ތިނަދޫ

ތިނަދޫގެ ރަށްވެހިކަން ދޫކުރާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ

ގދ. ތިނަދޫ ސިޓީގެ ރަށްވެހިކަން ދޫކޮށް އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރާނަމަ އިދާރީ ފީއެއްގެ ގޮތުގައި 5،000 ރުފިޔާ ނެގުމަށް ނިންމައިފި އެވެ.

ތިނަދޫ ކައުންސިލުން ބުނީ މިފަދަ ފީއެއް ނަގަން ނިންމީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިފައި ވަނިކޮށް އެ ރަށުގެ އާބާދީ ކުޑަވެގެން ދިއުމަކީ ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަށްވާތީ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށެވެ.

ތިނަދޫ ކައުންސިލުން ފާސްކޮށްފައިވާ މި އުސޫލަށް މިއަދުން ފެށިގެން އަމަލުކުރަން ވަނީ ފަށާފަ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން އެރަށުގެ އާބާދީއަކީ 8،000 މީހުން ކަމަށް ހާމަވެފައި ވަނިކޮކޮށް ލާމަރުކަޒީ ގާނޫނުގައި ބުނާ އަދަދަށް އާބާދީ ހަމަވެފައިވާ ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނީ މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މިދިޔަ ސެޕްޓެމްބަރުގަ އެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވޭނީ 10،000 އަށް ވުރެ ބޮޑު އާބާދީއަށް އޮތް ރަށަކަށެވެ.