ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕޭންގެ ފަހު ވަގުތު ރައީސް އައްޑޫއަށް

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ އައްޑޫ ސިޓީއަށް ފުރާވަޑައިގަންނަވަނީ -- ފޮޓޯ: އެމްޑީޕީ
0%
0%
0%

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ފުވައްމުލައް ސިޓީ އާއި ތިނަދޫ ސިޓީއަށްވެސް ވަޑައިގަންނަވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގައި ރައީސް ސޯލިހު ރަށަކަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއަށްފަހު ރައީސް ސޯލިހުގެ ރަނިންމޭޓް މުހައްމަދު އަސްލަމް އައްޑޫ ސިޓީގައި ގާއިމުވެ ހުންނަވާ ދަނީ ކެމްޕޭން ކުރައްވަމުންނެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް މެޖޯރިޓީ ލިބިވަޑައިގެންނެވީ އައްޑޫ ސިޓީގެ އިތުރުން ޅ. އަތޮޅާއި އއ. އަތޮޅުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910