ފަގީރުކަން

ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވާން ހުޅުވާލައިފި

މި އަހަރުގެ ރޯދަ މަހު ފިތުރު ޒަކާތް ބަލައިގަތުން އިސްލާމީ މަރުކަޒުގައި ކުރިއަށްދަނީ: އިސްލާމިކް މިނިސްޓްރީން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން އަލުން ހުޅުވާލައިފި -- އަހްމަދު އަޔާދު | އަވަސް
0%
0%
0%

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީ ވާން އިސްލާމިކް މިނިސްޓްރީން އަލުން ހުޅުވާލައިފި އެވެ

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އޭޕްރީލް މަހު ހުޅުވާލި ފުރުސަތުގައި ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީ ނުވާ ކަމުގެ ޝަކުވާ ލިބެމުންދާތީ އަލުން ރަޖިސްޓްރީ ވާން ހުޅުވާލައިފަވާ ކަމަށެވެ. ދަފުތަރާއި ބެހޭ ގޮތުން ޝަކުވާ ހުށެހެޅުން މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހާއި ހަމައަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް މިނިސްޓްރީ އަށް ހުށެހެޅޭނެ އެވެ.

ދަފްތަރުގައި އަލުން ރަޖިސްޓްރީވާން އެދޭ ފޯމް މާދަމާ އިން ފެށިގެން އޯގަސްޓް މަހުގެ ނިޔަލަށް ހެނދުނު 9:00 އިން މެންދުރު 1:00 އަށް މިނިސްޓްރީން އިން ލިބޭނެ އެވެ.

އަތޮޅުތަކުގެ ތެރެއިން ފޯމް ހުށަހަޅާނަމަ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ފޯމް ހުށެހެޅޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910