ހަބަރު

ރައީސްގެ ދެކަނބަލުން މާދަމާ މޮރިޝަސްއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު މޮރިޝަސްއަށް މާދަމާ ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުން މިރޭ ބުނި ގޮތުގައި ރައީސް ސޯލިހްގެ ދެކަނބަލުން މާދަމާ މޮރިޝަސްއަށް ފުރައިވަޑައިގަންވަނީ ގެ ގައުމުގެ ސަރުކާރުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގަ އެވެ.

މާދަމާ އިން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ކުރައްވާ އެ ދަތުރުފުޅުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް ރައީސްގެ ދެކަނބަލުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ދެކަނބަލުން ދާދި ފަހުން ވަނީ ސިންގަޕޫރުގެ ސަރުކާރުގެ ދައުވަތަކަށް އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.