ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހްގެ ދެކަނބަލުން މުލިއާގެއިން ނިކުމެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު. ދެ ބޭފުޅުން ވަނީ މުލިއާގެއިން ނިކުމެވަޑައިގެންފައި -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ރިޔާސީ ގެކޮޅު -- މުލިއާގެއިން ނިކުމެވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން މުލިއާގެ ދޫކުރައްވާ ވަޑައިގެންފައި މިވަނީ މިމަހުގެ 17 ވަނަ ދުވަހު ރައީސް ސޯޯލިހްގެ ރިޔާސީ ދައުރު ނިމޭތީ އެވެ.

ހިނގަމުން މިދާ ދައުރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ސޯލިހްގެ ދެކަނބަލުން މުލިއާގެއަށް ދިރިއުޅުން ބަދަލުކުރެއްވީ ނޮވެމްބަރު 30, 2018 ގައެވެ.

އަވަސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން ދިރިއުޅުން ބަދަލުކުރެއްވީ މެޑަމް ފަޒްނާގެ އާއިލީ ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވާ މ. ސަނީ އިން އަށެވެ.

ރައީސް ސޯލިހްގެ ދެކަނބަލުން މުލިއާގެއިން ނިކުމެވަޑައިގެންނެވި ނަމަވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމަށްފަހު ދިރިއުޅުއްވާނެ ތަނެއް އަދި ހާމަކުރައްވާފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910