ފަޒްނާ އަހުމަދު

އިންތިހާބީ ރައީސްގެ އަނބިކަނބަލުންނާއި ފަޒްނާ ބައްދަލުކުރައްވައިފި

މެޑަމް ފަޒްނާ އަހްމަދާއި ސާޖިދާ މުހައްމަދު ބައްދަލުކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުކުރެއްވުން މިއަދު ހެނދުނު ކުރިއަށް ދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިރިއުޅުއްވާ މުލިއާގޭގައެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމަށްފަހު ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހު މެޑަމް ފަޒްނާ، އިންތިހާބީ ރައީސްގެ އަނބިކަނބަލުންނާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެން ބޭއްވެވި ބައްދަލުވުމެއް ކަމަށެވެ.

މެޑަމް ފަޒްނާ އަހްމަދާއި ސާޖިދާ މުހައްމަދު ބައްދަލުކުރެއްވުމަށްފަހު އެކުގައި ފޮޓޯ ނަންގަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯއްދެވި ކާމިޔާބީއަށް މިބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ މަރުހަބާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޑރ. މުއިއްޒު ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ކުރެއްވީ ޑރ. މުއިއްޒު އެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވާފަ އެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910