މި އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުން، މި މަހުގެ 25 ވަނަ ދުވަހުގެ ރޭ ބާއްވަވާ ގޮތަށް ހަމަޖައްސައިފި އެވެ. މި ބައްދަލުކުރެއްވުން އޮންނާނީ ދަރުބާރުގޭގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސް ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލު ކުރެއްވުމަށް ދައުލަތުގެ ތަފާތު ދާއިރާތަކުން ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އަރުވާ ގޮތަށް ވަނީ ހަމަޖައްސާފައިވާ ކަމަށެވެ.