ވިޔަފާރި

މިނިސްޓަރު ފައްޔާޒު އިންޑިއާގެ ކުންފުނިތަކާ ބައްދަލުކޮށްފި

Jul 24, 2019
4

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ކޮންސްޓްރަކްޝަން ކުންފުނިތަކާ ބައްދަލު ކުރައްވައިފި އެވެ.

މިނިސްޓަރު ފައްޔާޒުގެ މި ދަތުރުފުޅުގައި ރާއްޖޭގެ ޕްރައިވެޓް ސެކްޓާގެ ބައެއް މަޝްރޫއުތަކަށް އިންވެސްޓަރުންނާއި ފައިސާ ހޯދަން މަސައްކަތް ކުރައްވާނެ އެވެ. އަދި އިންޑިޔާގެ މިނިސްޓާ އޮފް ސްކިލް ޑިވެލޮޕްމެންޓް އެންޑް އޮންޓަޕްރަނާޝިޕް މަހެންދްރާނަތް ޕާންޑޭ އާއި އެ ގައުމުގެ ޓޫރިޒަމް ސިނާއަތުގެ ބައެއް ފަރާތްތަކާ ވެސް ބައްދަލު ކުރައްވާފައި ވެއެވެ.

މި ދަތުރުގައި ސަރުކާރުން އަލަށް އުފެއްދި ކުންފުނި، ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ އިސްވެރިން ވެސް ބައިވެރިވެ އެވެ. މިނިސްޓަރާއެކު ހިމެނޭ މި ވަފުދުން އިއްޔެ ވަނީ އިންޑިއާގެ އިމާރާތް ކުރުމުގެ ދާއިރާގެ އެންމެ މަޝްހޫރު ކުންފުނިތަކާ ބައްދަލުކޮށްފަ އެވެ.

އިންޑިއާ އިން ވަނީ ސަރުކާރަށް 1.2 ބިލިއަން ޑޮލަރުގެ މާލީ ޕެކޭޖެއް ކުރިން ދީފަ އެވެ. މީގެ އިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައިވެ އެވެ