މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

ފަންނީ އެހީތެރިކަން ދިނުމަށް ރިސާޗް ސެންޓަރެއް ހުޅުވައިފި

Dec 21, 2022
1
އިކޮނޮމިކް ރިސާޗް ސެންޓަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވާހަކަދައްކަވަނީ -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
0%
0%
0%

ސަރުކާރުގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީގައި، އިކޮނޮމިކް ރިސާޗް ސެންޓަރު (އީއާރްސީ) މިއަދު އިފްތިތާހުކޮށްފި އެވެ.

މިއީ ޔޫއެންޑީޕީ މޯލްޑިވްސް އާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު މިއަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި ސޮއިކުރި އެމްއޯޔޫ އެއްގެ ދަށުން ޔޫއެންޑީޕީ އިން ފޯރުކޮށްދީފައިވާ ފަންނީ އެހީތެރިކަމާ އެކު ހުޅުވުނު ތަނެކެވެ.

ސެންޓަރުގެ އަމާޒަކީ ރާއްޖޭގެ ތަރައްގީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ތަފާސް ހިސާބާއި އީޖާދީ ވަސީލަތްތައް ބޭނުންކުރުމަށް މަގުފަހިކޮށްދިނުމާއި، ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވާލާ ގޮތްތަކަށް ބަދަލެއް ގެނައުމެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސެންޓަރުގެ މަސައްކަތް ހާއްސަކޮށްފައިވަނީ ތަފާސްހިސާބު ބޭނުންކޮށްގެން ދިރާސާތައް ކުރުމާއި، ސިޔާސަތުތައް އެކުލަވާލުމުގައި އާއްމުންގެ ހިއްސާ އިތުރުކުމަށެވެ. އީއާރްސީގެ ވިސްނުމަކީ ދުނިޔޭގެ އިނޮވޭޝަން ސެންޓަރުތަކާއި ސަރުކާރާއި ދިވެހި ރައްޔިތުންނާ ދެމެދު އިލްމާއި ހުނަރު ބަދަލުކުރުމުގައި މެދުވެރިއަކަށް ވުން ކަމަށެވެ.

އިކޮނޮމިކް ރިސާޗް ސެންޓަރު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

ސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ދިރާސާކުރެވި ފުރިހަމަ މައުލޫމމާތު ލިބިގެން އެ ސިޔާސަތުތައް އެކުލަވާލުމުގެ މުހިއްމުކަން ފާހަގަކުރެއްވި އެވެ.

"އަދި ސަރުކާރުގެ ވުޒާރާތަކުގައި ޒަމާނުއްސުރެ މައުލޫމާތުތަކެއް އެއްކުރެވިފައި ހުރި ނަމަވެސް ގިނަ މައުލޫމާތުތައް ހުރީ ދިރާސާތަކާއި ސިޔާސަތުތައް އެކުލަވާލުމަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ނޫން ކަމާއި، އީއާރްސީގެ ތެރެއިން މިމައުލޫމާތުތައް ބޭނުންކުރެވޭނެ ގޮތަކަށް ބަދަލުކޮށް ބެލެހެއްޓުމަށް މަގުފަހިވެ ސިޔާސަތުތައް ކަނޑައަޅަން ފަސޭހަވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބަހުސީރު

ތިމާ ޙަވާލުވެ ހުރި މިނެކިރުން ބެލުމާ ރިހާކުރާ ކަރުހަކުރު ވިއްކަނީ ހަމަ އަގުގަތޯ ނުބަލާ މިދަނީ އެހެން ދިމާއަކަށް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910