ޔޫއެންޑީޕީ

ސިޔާސަތުތައް އެކުލަވާލުމަށް ޔޫއެންޑީޕީގެ އެހީ ހޯދަނީ

ސަރުކާރުގެ ޕޮލިސީތައް އެކުލަވާލަން އެހީވާން ޔޫއެންޑީޕީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުން-- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ
0%
0%
0%

ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި އިކޮނޮމިކް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއަދު ހެނދުނު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްއޯޔޫގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެޒެންޓެޓިވް، އެންރީކޯ ގަވޭލިއާ އެވެ.

މިއީ ސަރުކާރުގެ ޕޮލިސީތައް ކަނޑައެޅުމުގައި، އެވިޑެންސް ބޭސްޑް ޕޮލިސީ މޭކިންއަށް ރިއާޔަތްކޮށް އދގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް ރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ސޮއިކުރި އެމްއޯޔޫއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މި އެމްއޯޔޫގެ ދަށުން މައިގަނޑު ހަތަރު ދާއިރާ އަކުން ޔޫއެންޑީޕީން އެއްބާރުލުން ދޭނެ އެވެ.

އެއްބާރުލުންދޭ ދާއިރާތައް

  • ޑޭޓާ މެނޭޖްކުރުމާއި ދިރާސާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އިގުތިސާދީ ސިޔާސަތުތައް އެކުލަވާލުމާއި ސަރުކާރަށް ފަންނީ ލަފާ ދިނުމުގައި ބޭނުންވާ ޑޭޓާ މެނޭޖްމަންޓް ގަވަނަންސް ހަރުދާނާކުރުމަށް އެހީތެރިވެދިނުން.
  • އ.ދ އިން ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތައް ރާއްޖޭގައި ތަންފީޒު ކުރުމުގެ ތެރެއިން، ކްލައިމެޓް އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުން އަދި މިކަމާ ގުޅޭ އިންވެސްޓްމަންޓް މެޕެއް އެކުލަވާލުން.
  • ރާއްޖޭގެ އިގުތިސާދަކީ ކަނޑުގެ މުއްސަނދި ކަމަށް ބަރޯސާވާ ދެމެހެއްޓެނިވި ނޫއިގުތިސާދަކަށް ހެދުމަށްޓަކައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ރާއްޖޭގެ އިގުތިސާދު ސިންދަފާތު ކުރުމުގައި ދެމެހެއްޓެނިވި ނޫ އިގުތިސާދަކަށް ހެދުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އަންހެން ވިޔަފާރިވެރިންނަށް އެހީތެރިވުމާއި، އަންހެނުން ހިއްސާވާ ވިޔަފާރިތައް ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ފަހި އިގުތިސާދެއް ބިނާކުރުމަށް އެހީވުން

މިރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި އެމްއޯޔޫގެ ދަށުން ޕޮލިސީތަކާއި ސްޓްރެޓަޖީތައް އެކުލަވާލުމަށްޓަކައި މިހާރަށް ވުރެ ބޮޑަށް ޑޭޓާގެ ބޭނުން ފުރިހަމަކޮށް ހިފުމަށް މަގުފަހިކޮށްދޭނެ އެވެ.

މީގެ އިތުރުން ރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަށް އެހީތެރިވުމާއި، ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތަށް އެހީތެރިކަން ލިބޭނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޔަމީ

އަމިއްލަ ސިޔާސަތު އެކުލަވާލެވޭނެހާފެންވަރުވެސް މިސަރުކާރަކު ނެތް. ގައިމު ރައީސް ޔާމީނުގެ ސަރުކާރުން ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅީ ކަމުގެ ފެންވަރުހުރި ދިވެހިން ލައިގެން. ޕިސް..ޕިސް.. ގައިންތާހިރުވާގޮތްވެސް ކިޔާދޭން އިނގިރޭސި ވިލާތުން މީހުން ގެންނަންވީނުން. އެމްޑީޕީ އައުމުން ގައުމުގެ ބާރު އޮންނަނީ އަބަދުވެސް ބޭރުމީހުންގެ އަތުގައި. މިޔަށް ކިޔަނީ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދިޔުމޭ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910