ބިޒްނަސް ސެންޓާ ކޯޕަރޭޝަން

ބީސީސީން މާލޭގައި ކޯ-ވޯކްސްޕޭސްއެއް ހުޅުވައިިފި

Jul 10, 2021
ސީޑް ބައި ބީސީސީ އޮފީސް ސްޕޭސް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޖަޕާނާއި ޔޫއެންޑީޕީގެ އޮފިޝަލުންނާއެކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- ފޮޓޯ: ބީސީސީ
0%
0%
0%

އޮފީސް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކުން ކުޑަ ފީއެއް ދައްކައިގެން ގޮސް މަސައްކަތް ކޮށްލެވޭ ކޯ-ވޯކްސްޕޭސް، ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން މާލޭގައި ހުޅުވައިފި އެވެ.

ބީސީސީގެ އޮތެންޓިކް މޯލްޑިވްސް ފިހާރަ ހިންގާ މ. ކަނީރުވިލާގައި ސީޑް ބައި ބީސީސީގެ ނަމުގައި ހުޅުވި ކޯ-ވޯކްސްޕޭސް ހުޅުވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ބީސީސީ ކުންފުނިން މިތަން ހަދާފައިވަނީ ޒުވާނުންނާއި ކުދި ވިޔަފާރިތަކަށް މަސައްކަތް ކޮށްލަން ފަސޭހަވާނެ ގޮތަށެވެ.

މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީ އަދި ޔޫއެންޑީޕީ އާއި ޖަޕާސް ސަރުކާރު ގުޅިގެންނެވެ. ބީސީސީގެ ކޯ-ވޯކްސްޕޭސްއަށް އިންޓަނެޓުގެ ހިދުމަތް ދެނީ ދިރާގުންނެވެ.

އެއް ފަހަރާ 30 މީހުންނަށް ގޮސް މަސައްކަތް ކޮށްލެވޭނެ ވަސީލަތްތައް ހުންނަ މި ފެސިލިޓީގައި އޮފީހެއްގައި ހުންނަ ހުރިހާ ވަސީލަތްތަކެއް ގާއިމްކޮށްފައި ހުރެ އެވެ. އެގޮތުން ޕްރިންޓިން އާއި ސްޓޭޓް ދި އާޓް ފެސިލިޓީއާއެކު ހަދާފައިވާ މީޓިން ރޫމެއް ވެސް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910