ހަބަރު

ފަންނު އެކްސްޕޯ: ވިޔަފާރި ފަށަން 5 ފަރާތަކަށް ލޯނު ދެނީ

އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބައިވެރިވާ މީހުންގެ ތެރެއިން ވިޔަފާރިއެއް ފަށަން ފަސް ފަރާތަކަށް އެހީވެދީ، އެއިން ކޮންމެ ފަރާތަށް އެއް މިލިއަން ރުފިޔާ ދޭން އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ. -- ފަނަރަ ދާއިރާއަކުން ބައިވެރިވާން ފުރުސަތު ހުޅުވާލާ މައުރަޒު ބާއްވަނީ ވެސް އެ މިނިސްޓްރީނެވެ.

މި އަހަރުގެ އުފެއްދުންތެރި ކަމުގެ މައުރަޒު ބާއްވާނީ "ފަންނު އެކްސްޕޯ"ގެ ނަމުގަ އެވެ. މިނިސްޓްރީން މިއަދު ބުނީ ފަންނު އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ފަނޑިޔާރުން ހޮވާ ފަސް ފަރާތް ވިޔަފާރި ފަށަން އެސްއެމްއީ ބޭންކުން އެއް މިލިއަން ރުފިޔާގެ ލުއި ލޯނެއް ދޭނެ ކަަމަށެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި އެކްސްޕޯ އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 22 އިން 28 މާލޭގަ އެވެ. އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޮންނާނެ އެވެ.