ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މީޑިއޭޝަނާބެހޭ މުއާހަދާގެ މައްސަލަ މަޖިލީހަށް

Jul 25, 2019
1

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސެޓްލްމަންޓް އެގްރީމަންޓްސް ރިސަލްޓިން ފްރޮމް މީޑިއޭޝަން" މުޢާހަދާގައި ސޮއިކުރަަން ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވާތީ އެކަމާމެދު މަޖިލީހުގެ ލަފަޔަކަށް ހުށަހަޅަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް އެގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީން ހުށަހެޅި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

މި މުއާހަދާ އަކީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ މައްސަލަތަކުން އުފެދޭ ބައިނަލްއަޤްވާމީ ސެޓްލްމަންޓް އެގްރީމަންޓްތައް، މި މުއާހަދާގައި ބައިވެރިވާ ހައުމުތަކުން ބަލައިގަނެ އެ ގައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި އެއް އުޞޫލުތަކަކާއި އިންތިޒާމުތައް ގާއިމުކުރަން މަގުފަހިކުރަން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ ގާނޫނީ އޮނިގަނޑެކެވެ.

މި މުއާޙަދާއަކީ ޑިސެންބަރު 20، 2018 ގައި އދ ގެ އާންމު މަޖިލީހުން ބަލައިގެންފައިވާ މުޢާހަދާއެކެވެ. މި މުޢާހަދާގައި ސޮއިކުރުން އޮންނީ މި އަހަރުގެ އޯގަސްޓްގަ އެވެ.