ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ ބުރާސްފަތި ދުވަހު ސީޝެލްސްއަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، ބުރާސްފަތި ދުވަހު ރައީސް ސީޝެލްސްއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ޑެނީ ފޯގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ހަތަރު ދުވަހުގެ އެ ދަތުރުފުޅުގައި ރައީސްގެ އަރިިހުގައި ތިން ވަޒީރަކުވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރުމަށް ވެސް ހަމަޖައްސާފައި ވެއެވެ.