ސީޝެލްސްއާ ރާއްޖެއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުންތަކުގައި ސޮއި ކުރައްވާ އެއްބަސްވުންތައް ބަދަލުކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއް ގައެވެ. އެއްބަސްވުންތަކުގައި ސޮއި ކޮށްފައިވަނީ ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދިޔަ ރަސްމީ މަޝްވަރާތަކަށް ފަހު އެވެ.
ދެ ގައުމުގެ ދެމެދުގައި ސޮއި ކޮށްފައިވަނީ ރާއްޖެއާއި ސީޝެލްސްއާ ދެމެދު ވިސާއާ ނުލައި ދަތުރުކުރެވޭނެ އެއްބަސްވުމެއްގައި އާއި، ދެގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ފެށުމާ ގުޅޭ އެއްބަސްވުމެއްގައި އާއި، ޓްރާންސްނޭޝަނަލް އޮގަނައިޒްޑް ކްރައިމް އަދި މެރިޓައިމް އެންޑް ސެކިއުރިޓީ ސޭފްޓީ ތްރެޓް އެއްބަސްވުމެއްގެ އިތުރުން ޒުވާނުންގެ ތަރައްގީއާ ގުޅޭ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފަ އެވެ.
ރައީސް އޮފީހުން މިއެއްބަސްވުންތަކާ ގުޅިގެން ދެ ގައުމުގެ ރައްޔިތުންނަށްވެސް އެކި ދާއިރާތަކުން ލުއިފަސޭހަކަން ލިބޭނެ ކަމަށެވެ.،
ސީޝެލްސްގެ ރައީސް އިއްޔެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ ހަތަރު ދުވަހުގެ ދަތުރުފުޅެއްގަ އެވެ.