ރައީސް އޮފީސް

ސީޝެލްސްގެ ކުރީގެ ރައީސް، ރައީސް ސޯލިހާ ބައްދަލުކުރައްވައިފި

Mar 29, 2022
ސީޝެލްސްގެ ކުރީގެ ރައީސް ޑެނީ ފަރުރޭ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް -- ފޮޓޯ: ރައީސް އޮފީސް
0%
100%
0%

ސީޝެލްސްގެ ކުރީގެ ރައީސް ޑެނީ ފަރުރޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މިއަދު ހެނދުނު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނާއި އަދި އަނބިކަނބަލުން ރާއްޖެއަށް ވަޑައިގެންނެވުމުން ރާއްޖެއިން އަދާކުރި މެހުމާންދާރީ ފާހަގަކުރައްވާފަ އެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާ ސީޝެލްސްގެ ކުރީގެ ރައީސް ވަނީ ކޮވިޑް 19ގެ ހާލަތާ ކޮވިޑް ވެކްސިންގެ ކަންކަން ކުރިއަށްދާ ގޮތާއި އިގްތިސޯދީ ހަރާކާތްތަކާއި ފަތުރުވެރިކަމާއި ދެ ގައުމުގެ ތާރީޚް ފަދަ ދެ ފަރާތުން އިސްކަންދޭ މުހިއްމު ކަންކަމުގައި ހިޔާލު ބަދަލުކުރައްވާފަ އެވެ.

މީގެ އިތުރުން ސީޝެލްސްގެ ކުރީގެ ރައީސް ވަނީ އެމަނިކުފާނު އުފައްދަވާފައިވާ ފައުންޑޭޝަންގެ ތަފްސީލްތަކާއި ކުރިއަށް ރޭވިފައި ހުރި ބައެއް މަސައްކަތްތަކުގެ ތަފްސީލްތައް ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ މުސްތަގްބަލުގައި ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާފަ އެވެ.

ޑެނީ ފަރުރޭ ސީޝެލްސްގެ ރައީސް ކަން ކުރެއްވީ އޮކްޓޫބަރު 16، 2016 އިން އޮކްޓޫބަރު 26، 2020 އަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910