އެޑްވަޓޯރިއަލް

"ފިޝް އަައި ސޫޕް" ރަހަބަލާލަން ހިނގާ؟

Aug 5, 2019
2

ދިވެހިންނާ ގުޅިފައިވާ ދިވެހި ރަހަތަކާ އަހަރުމެންނަކަށް ދުރަކަށް ނުދެވެ އެވެ. ދިވެހިންގެ އުފެއްދުންތަކުގައި މާ ގަޔާވާ ރަހަތަކެއްވެސް ހުރެ އެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަށްވެސް ދިވެހި ކެއުމެއްގެ ރަހަ ދައްކާލައިފިއްޔާ ދިވެހި ކެއުންތަކުގެ އަސްލު ރަހައިގެ ހުރި ފުރިހަމަކަން އެނގެ އެވެ.

ބާސެލޯސް މޯލްޑިވްސްގެ ދަށުން ރާއްޖޭގައި ހިންގާ ސެމިލީސް ރެސްޓޯރަންޓުގައި ދިވެހިވަންތަ ރަހަަތަކެއް މެނޫގައި ދައްކާލައިފި އެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް ފާހަގަވާގޮތަށް ފެންނަނީ، "ފިޝް އަައި ސޫޕް" އެވެ. މިއީ ދިވެހި ރަހަތަކާއި ތޮމްޔަމްގެ ރަހަތައް އެއްކޮށްގެން ނެރެފައިވާ ތަފާތު ރަހައެއްގެ ސޫޕް އެކެވެ.

ސޫޕަށް ކިޔާ ނަމުން އުއްމީދުވެސް ކުރެވޭނީ މަަހުގެ ބޮޑު ލޮލެވެ. ސޫޕްތަށީގައި ބޮޑު ލޮލެއް ބަައިންދާ، ބޮލާއި ކޮލުގެ މަސްތައްވެސް ވަަނީ ސޫޕްގައި ހިމަނާފަ އެވެ. އަދި ހާއްސަކަމަކަށް، އެހެން ސޫޕްތަކާ އަޅާބަލާއިރު މި ސޫޕްއަކީ ޕްރޮޓީން އަދި ކާބޯހައިޑްރޭޓްސް އިތުރަށް ހިމެނޭ ސޫޕް އެކެވެ. މީގައި ހިމަނާފައިވާ މަސްކޮޅުތަކުން ލުއި ކެއުމަކަށް ހަދައިދީ ފުރިހަމަކޮށްދެ އެވެ.

ސެމިލީސް އިން ތައާރަފުކުރި މި ބޮޑު ލޮލުުގެ ސޫޕް ގިނަބަޔެއްގެ ލޮލުގައި ވަނީ އަޅައިގެންފަ އެވެ. މީގައި ދިވެހި ރަހަތައް ފުރިހަމަކޮށް ދިވެހިންނާއި ފަތުރުވެރިިންނަށްވެސް މަގުބޫލު ތަފާތު ސޫޕް އަކަށް ވާނެ އެވެ. މީގެ އިތުރުންވެސް، ކަނޑުކުކުޅު ރިހަ އާއ ރިހާކުރު ދިޔަ، ބޮޑި ބަތް އަދި ކަށިކެޔޮ މިލްކުޝޭކު އަދި ކަށިކޭލުގެ ކޭކުވެސް މި ރެސްޓޯރަަންޓުން ލިބެ އެވެ.

މީގެ ކުރިން ދިވެހި ކެއުންތަކުގައި އާއްމުކޮށް ބޭނުން ކުރި އެއްޗެހި ކަމުގައިވިޔަސް މިއީ މިހާރު ކޮންމެވެސް ވަރަކަށް ލިބުން ދަތި އެއްޗިއްސެވެ. ދިވެހި ރަހައަކަށް ދާން ބޭނުންވާ ކަމުގައިވާނަމަ، ނުވަތަ އެހެން މީހަކަށް ދިވެހިންގެ އަސްލު ރަހަ ދައްކުވައިދޭން ބޭނުންވާ ނަމަ ސެމިލީސް ރެސްޓޯރެންޓުގެ ހިތްގައިމު މަހައުލުގައި ތިބެ މި ކެއުންތަކަށް އިންސާފުކުރަންވީ އެވެ.

ދިވެހި ކެއުންތަކުގެ އިތުރުން، އާއްމުކޮށް ކައި އުޅޭ ކެއުންތައްވެސް މިރެސްޓޯރަންޓުގައި ލިބެ އެވެ. މެންދުރު ކެއުމަށް އެންމެ ކަމުދާ ފްރައިޑް ރައިސް، ޕާސްތާ، ނާސިގޮރެންގް ފަދަަ ކެއުންތަކާއި ހެނދުނުގެ ނާސްތާގެ ކެއުންތައްވެސް ލިބެ އެވެ. އޭގެ ތެރޭގައި، މަސްހުންޏާއި ރޮއްޓާއި ކުޅިމަސް އަދި ކޮންޓިނެންޓަލް ބްރެކްފަސްޓުތައްވެސް މި މެނޫގައި ހިމެނެ އެވެ.