ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ސީޝެލްސް އަށް ފުރާވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުގައި ދެ ގައުމުގެ ދެމެދުގައި ބައެއް އެއްބަސްވުން ތަކުގައި ސޮއި ކުރުމާއި ދެ ގައުމުގެ ދެމެދު މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވަން ހަމަޖެހިފައިވެ އެވެ.
ހަތަރު ދުވަހުގެ މި ދަތުރުފުޅުގައި ރައީސްގެ އަރިިހުގައި ތިން ވަޒީރަކު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.