ވިޔަފާރި

ރިސޯޓު ތަރައްގީކުރަން ނެގި ފަޅެއް ވިއްކާލައިފި

Aug 2, 2019
2

ކ. ދިއްފުށި ކައިރީގައި ރިސޯޓެއް ތަރައްގީ ކުރަން އަމިއްލަ ކުންފުންޏަކުން ނެގި ފަޅެއް، ވެރި ފަރާތުން އެހެން ކުންފުންޏަކަށް ވިއްކާލައިފި އެވެ.

ކ. އަތޮޅުގައި އޮތް މި ފަޅު ވިއްކާލުމާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ލީސް އެގްރީމަންޓްގެ ދަށުން އެ ފަޅު ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދަ އަށް އެދި އެ ފަރާތުން ހުށަހަޅުއްވާފައިވާތީ އެ ފަޅާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްނަމަ 14 ދުވަހުގެ މުއްދަތުގައި ހުށަހަޅަން އެދިފަ އެވެ.

އެނގިފައިވާ ގޮތުގައި ދިއްފުށްޓާއި މާދުރުނޫން ހިސާބެއްގައި އޮތް މި ފަޅަކީ އެމްއެމްޕީއާރުސީ އިން ދޫކޮށްފައިވާ ފަޅެއް ނޫނެވެ. މި ފަޅު ދޫކޮށްފައިވަނީ އަމްބްރިއާ ޕްރޮޕަޓީ އިންވެސްޓްމަންޓް ކިޔާ ކުންފުންޏަކަށެވެ. އަދި މިފަޅު ވިއްކާލާފައިވަނީ މިޑުލް ލެގޫން ކިޔާ ކުންފުންޏަކަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ ސަރުކާރުން ޓޫރިޒަމް ތަރައްގީ ކުރަން 31 ފަޅެއް ވަނީ ދޫކޮށްފަ އެވެ. އަދި މީގެތެރެއިން ގިނަ ފަޅުތަކުގައި ދަނީ ރިސޯޓު ތަރައްގީ ކުރަމުންނެވެ.