ފޮރިން މިނިސްޓްރީގެ އިމާރަތް މަރާމަތު ކުރުމަށްޓަކައި އެ މިނިސްޓްރީގެ ހިދުމަތްތައް ވަގުތީ ގޮތުން އެހެން އިމާރާތަކަށް ބަދަލުކުރަން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ މިނިސްޓްރީގެ ހިދުމަތްތައް ބޮޑުތަކުރުފާނު މަގުގައި ހުންނަ އެމްޓީސީސީ ސޯމިލް ރިލޮކޭޝަން ބިލްޑިންގް އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
އަދި ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ހިދުމަތްތައް ބަދަލުވާ އިމާރާތުން ލިބެން ފަށާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ މިނިސްޓްރީ ހިންގާ އިމާރާތް މަރާމާތު ކުރަނީ ޗައިނާ އެހީގަ އެވެ. ފޮރިން މިނިސްޓްރީން ޗައިނާއެކު މި އެއްބަސްވުމުގައި ސޮއިކުރީ މިދިއަ އަހަރު ޑިސެމްބަރު މަހުގެ އެވެ. މި އެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދެމުން އަންނަ ހިދުމަތްތައް އިތުރަށް ފުޅާވެގެން ދާނެ އެވެ.