ވިޔަފާރި

ސިޓީ އިންވެސްޓްމަންޓުން އާ ސުޕަ މާކެޓެއް ހުޅުވައިފި

މަޝްހޫރު ސިޓީ ބޭކަރީ ހިންގާ ކުންފުނި، ސިޓީ އިންވެސްޓްމެންޓްސް އިން "ސޫކް" ގެ ނަމުގައި އާ ސުޕަ މާކެޓް ހުޅުވައިފިއެވެ.

ސޫކްގެ ނަމުގައި ހުޅުވި މި ސުޕަމާކެޓު ހުޅުއްވައި ދެއްވީ މިއީ ރާއްޖޭގެ އެންމެ ފުރަތަމަ ހުޅުވި ސްޓޯ ބޭކިން ސްޓޭޝަން އެންޑް ޑައިނިން އިންނަ ސުޕަ މާކެޓެވެ. އޯކިޑް މަގުގަ ހުންނަ މި ސުޕަ މާކެޓް ރަސްމީ ކޮށް ހުޅުއްވައި ދެއްވީ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑާބޯ، ފެންޓިމެން، ޕްރެގެލް، އަދި ކޮންޕަލް ޖޫސް ތަކަކާ އެކު ހުޅުވާފައިވާ ސުޕަ މާކެޓް އިން ސިޓީ އިންވެސްޓްމެންޓްސްގެ އުފެއްދުންތައް ވެސް ލިބެން ހުރެ އެވެ.

ސިޓީ އިންވެސްޓްމެންޓްސް ގެ ފަރާތުން ވާހަކަ ދައްކަވަމުން އައިޝާ ދީދީ ވިދާޅުވެފައިވާ ގޮތުގައި ސިޓީ އިންވެސްޓްމެންޓްސް އިން އެންމެ އިސްކަންދޭ އެއް ކަމަކީ އެތަނުން ލިބިން ހުންނަ ތަކެތީގެ ކުއަލިޓީ އެއް ހަމައެއްގައި ހިފަހަށްޓައި ރަނގަޅު ސާވިސް އެއް ވިޔަފާރި ކުރަން އަންނަ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.

ވަނަ އަހަރު އުފެދުނު ސިޓީ އިންވެސްޓްމަންޓް (ކުރީގެ ސިޓީ ބޭކަރީ) އަކީ ރާއްޖޭގައި 2005 ފުޅާދާއިރާއެއްގައި ރެސްޓޯރެންޓް، ކެފޭ، ބޭކަރީ އަދި ތަފާތު އެކި ވައްތަރުގެ ފެންވަރު ރަނގަޅު ކާބޯތަކެތީގެ ބާވަތްތައް ހޯލް ސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުންދާ ކުންފުންޏެކެވެ.