ހަބަރު

ނިއުޒިލެންޑުގެ ކައުންސިލް އިންތިހާބުގައި ދިވެއްސަކު ވާދަ ކުރަނީ

Aug 17, 2019
4

ނިއުޒިލެންޑުގެ ކައުންސިލް އިންތިހާބުގައި ދިވެހި އަންހެނަކު ވާދަ ކުރަން ނިންމައި ފޯމް ހުށަހަޅައިފި އެވެ.

ނިއުޒިލެންޑުގެ ކައުންސިލް އިންތިހާބު އޮންނަނީ އަންނަ އޮކްޓޯބަރު މަހު 12 ވަނަ ދުވަހުގަ އެވެ. އެ އިންތިހާބުގައި ހަޓް ސިޓީގެ ކައުންސިލަރު ކަމަށް ކުރިމަތިލީ އެ ގައުމުގައި ދިރިއުޅެމުން އަންނަ ދިވެއްސެއް ކަމަށްވާ ޝާޒްލީ ރަޝީދު އެވެ.

ޝާޒްލީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ހަޓް ސިޓީއަކީ އާއިލާއެއް ބިނާ ކުރުމަށާއި ވިޔަފާރި ކުރުމަށް ފަހި މާހައުލެއް އޮތް ތަނެއް ކަމަށާއި އަދިވެސް އިތުރަށް ރަނގަޅު ކުރެވޭނެ ކަމަށެވެ. އެހެންކަމުން އަމާޒަކީ އިންވެސްޓްމަންޓުތައް އަންނަ އަދި ވަޒީފާގެ ފުރުސަތު އޮންނަ ސިޓީއަކަށް ހަޓް ސިޓީ ހެދުން ކަމަށް ޝަޒްލީ ވިދާާޅުވި އެވެ.

"އަޅުގަނޑު ބޭނުން ހަޓް ސިޓީއަކީ ރައްކާތެރި، އެކުވެރި އަދި އާއިލާއެއް ބިނާކޮށް ވިޔަފާރިއެއް ފަށަން އެންމެ ރަނގަޅު ތަނަކަށް ހަދަން،" ޝަޒްލީ ވިދާޅުވި އެވެ.

ނިއުޒިލެންޑުގެ ހަޓް ސިޓީގެ އާބާދީ 104,700 އަށް ވުރެ ގިނަ އެވެ.