ދުނިޔެ

އިނގިރޭސިވިލާތުން މިއަންމާ އަސްކަރީ ޖެނެރަލުންނަށް ދަތިކޮށްފި

މިއަންމާގައި މިހާރު ވެރިކަންކުރާ ސީނިއާ ޖެނެރަލް މިން އަން ހްލަން އަށް އާންމުން ނުރުހުން ފާޅުކުރަނީ
0%
100%
0%

އިނގިރޭސިވިލާތުން މިއަންމާ ތިން ޖެނެރަލަކަށް ދަތިކުރަން ފިޔަވަޅުއަޅައިފި އެވެ. އޭގެ ތެރޭގައި ހިމެނެނީ މިއަންމާ އަސްކަރިއްޔާއިން މިހާރު އެކުލަވާލާފައިވާ ސަރުކާރުގެ އިސްވެރިންނެވެ. އެއީ މިނިސްޓާ އޮފް ޑިފެންސް މިއާ ޓުން އޫ، މިނިސްޓާ ފޮ ހޯމް އެފެއާޒް ސޯ ޓުޓް އަދި ޑިޕިއުޓީ މިނިސްޓާ ފޮ ހޯމް އެފެއާޒް ތަން ހުލަން އެވެ.

ޔޫކޭއިން ބުނި ގޮތުން މި ތިން މެންބަރުންގެ މުދާ ހިފަހައްޓައި ދަތުރުކުރުން މަނާކުރާނެ ކަމަށެވެ. އަދި ވާގިވެރިވެދޭ ގައުމުތައް މެދުވެރިކޮށް ވެސް އަސްކަރީ މެންބަރުންނަށް ދަތިކުރާނެ ކަމަށެވެ.

މިއަންމާގެ މަދަނީ ސަރުކާރު އަސްކަރިއްޔާއިން ވައްޓާލައި އާންމުންނަށް ލާއިންސާނީ އަމަލުތައް ތަންފީޒުކުރާހާ ހިނދަކު ދޫދިނުމެއް ނޯންނާނެ ކަމަށް އިނގިރޭސިވިލާތުން ބުނެ އެވެ.

އާންމުން ވޯޓުން ހޮވައި އެކުލަވާލާފައި އޮތް ސަރުކާރުން ހިންގަން ތިބި ބެރިން ހައްޔަރުކޮށް މުޅި ގައުމުގައި ކުއްލި ހާލަތު އިއުލާންކުރުން ބަލައިނުގަނެވޭނެ ކަމަށް ވެސް ޔޫކޭއިން ބުނެ އެވެ. އަދި އާންމު އިންތިހާބަކަށް އަހަރު ދުވަސް ފަހުން ފުރުސަތުދޭނެ ކަމަށް ބުނާ ބުނުމަކީ ވެސް ހުއްޖަތެއް ނޫން ކަމަށް ބުނެ އެވެ.

އިނގިރޭސިވިލާތުން ބުނީ މިއަންމާއަށް ދޭ އެހީތެރިކަމުން އެއްވެސް މިންވަރެއް އަސްކަރިއްޔާ ސަރުކާރަށް ނުސީދާ ގޮތުން ނަނަމަވެސް ދޭތޯ ބަލާނެ ކަމަށެވެ. އަދި އިނގިރޭސި ވިޔަފާރި މިއަންމާއަށް ދިއުން ހުއްޓުވާނެ ކަމަށެވެ. ޔޫކޭއިން ބުނީ އަސްކަރިއްޔާއާ އެކު އެއްވެސް ޒާތެއްގެ ވިޔަފާރިއެއް ނުކުރާނެ ކަމަށެވެ.

އިނގިރޭސިވިލާތުން މިހާރު ވެސް ވަނީ މިއަންމާ އަސްކަރިއްޔާގެ 16 ފަރުދަކަށް ދަތިކުރަން ފިޔަވަޅުއަޅާފަ އެވެ. އެމެރިކާ އަދި ނިއުޒިލޭންޑުން ވެސް ވަނީ މިލިޓަރީ ސަރުކާރަށް ދަތިކުރަން ފިޔަވަޅުއަޅާފަ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސައިފް އަލީ ޙާން

ސޭމް އޮން ޔޫ އޭ ބުނަންވީ ސޫޗީ އައް.އެވަރުގެ ނުލަފާ އަންހެނަކު ނުދެކެން

ނި،ާޒް

ސޫޗީ މުސްލިމުން މަރާ ގައުމުން ބޭރުކުރި އިރު ކޮބާތޯ ކައެމެން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910