ދުނިޔެ

އެމެރިކާއަށް ނިއުކްލިއާ ވިޔަފާރި ކުރެވިގެން ނުވާނެ: ޗައިނާ

އެމެރިކާއަކީ ނުބެހޭ ކަންތައްތަކާ ގޮތްފޮތް ކިޔާ ބައެއް ކަމަށް ޗައިނާ ބުނެފި އެވެ. ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޒައޯ ލިޖިއަން ވިދާޅުވީ އެމެރިކާ މިހާރު ވިސްނަނީ ނިއުކްލިއާ ވިޔަފާރި ކުރަން ކަމަށާއި އެމީހުން ކޮށްފިއްޔާ ކޮންމެ ކަމެއް ވެސް ރަނގަޅުވީ ކަމަށެވެ.

ނިއުކްލިއާ ނެތް ގައުމަކަށް ނިއުކްލިއާ ފޯރު ކޮށްދިނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. ޒައޯ ލިޖިއަން ވިދާޅުވީ އެމެރިކާގެ އަޑި ވަރަށް ނުބައި ކަމަށާއި އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަބްމެރީން ފޯރުކޮށް ދެނީ ޗައިނާ ސަރަހައްދު ހަރާބު ކުރަން ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުން އޯކަސްގެ ނަމުގައި އަސްކަރީ އިއްތިހާދެއް އުފައްދައި އެމެރިކާ އާއި އިނިގިރޭސިވިލާތުން އޮސްޓްރޭލިއާގެ ބޯ ކައިފި ކަމަށާއި ހަގީގަތުގައި ނިއުކްލިއާ ސަބްމެރީނަކީ އެމެރިކާގެ ބޭނުންތަކަށް އެ ސަރަހައްދަށް ފޮނުވާ އުޅަނދުތަކެއް ކަމަށެވެ.

އޮސްޓްރޭލިއާއަށް ނިއުކްލިއާ ޖަމާ ކުރުމަކީ އޮސްޓްރޭލިއާ ރައްޔިތުން ރުހޭނެ ކަމެއް ނޫން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އޮސްޓްރޭލިއާއަށް ނިއުކްލިއާ ސަޕްލައި ކުރުމުން ގުދުރަތީ ވަސީލަތްތަކަށް ލޯބިކުރާ ނިއުޒިލޭންޑް ފަދަ ގައުމުތަކަށް ބިރަކަށް ވާނެ ކަަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

ދުނިޔެއިން ނިއުކްލިއާ މަދުކޮށް ގިދު ރާސްތާއެއްގައި ނަމަވެސް މުޅިން ނައްތާލަން ވިސްނާއިރު އިތުރު ގައުމުތަކަށް ބާރު ދިނުމުން ހާސިލު ވަނީ ކޮންއެއްޗެއްތޯ ވެސް ތަރުޖަމާން ސުވާލު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެމެރިކާ ވިސްނަނީ މަސްލަހަތަށް ވުރެ ބޮޑަށް އެމީހުންގެ ވަގުތީ ފައިދާއަށް ކަމަށެވެ.