ދުނިޔެ

ނިއުޒީލެންޑާއެކު ގާތް ގުޅުމެއް އޮންނާނެ: ޝީ ޖިންޕިން

ޗައިނާގެ ރައީސް ޝީ ޖިންޕިން: ނިއުޒީލަންޑާއެކު ގާތް ގުޅުމެއް ބާއްވާނެ ކަމަށް ވިދާޅުވި
0%
0%
0%

ޗައިނާގެ ރައީސް ޝީ ޖިންޕިން ހުކުރު ދުވަހު ނިިއުޒީލަންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑަންއަށް ފޯނުން ގުޅުއްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރަން އިތުރު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފި އެވެ. ޝީ ވިދާޅުވި ގޮތުން ޗައިނާ އަބަދު ވެސް ނިއުޒީލަންޑާއެކު ގާތް ގުޅުމެއް ބާއްވާނެ އެވެ.

ޗައިނާއާ ނިއުޒިލެންޑުން ގުޅިގެން ސިޔާސީ، ތާރީހީ އަދި ސަގާފީ މަސައްކަތްތަކެއް ކުރެވިފައި ހުރި ކަމަށް ޝީ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ދެ ގައުމު އެކުގައި ކުރެވެނު މަސައްކަތްތަކުން ވާދަވެރިންނަށް ވުރެ ކުރިން ވަރަށް ގިނަ ކަންތައްތައް ހާސިލު ކުރެވިފައިވާ ކަމަށެވެ.

ޗައިނާއާ ނިއުޒީލެންޑާ ދެމެދު އޮތް ސިޔާސީ ގުޅުމަށް 50 އަހަރު ފުރޭނެ ކަމަށް ވެސް ޝީ ވިދާޅުވި އެވެ. އެކަމާ ގުޅުވައިގެން ޕްރޮގްރާމްތަކެއް ދެގައުމުން ރާވަން ދެލީޑަރުން މަޝްވަރާ ކުރެއްވި އެވެ.

ޝީ ވިދާޅުވި ގޮތުގައި ދެ ގައުމުން ވެސް ކެތްކުރަން ޖެހޭ ކަންތައްތައް ހުންނާނެ އެވެ. އޭނާ ވިދާޅުވީ ނިއުޒީލަންޑަށް ދޫ ދިނުމުގެ ސިޔާސަތު ޗައިނާއިން ގެންގުޅޭ ކަމަށެވެ.

ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވި ގޮތުގައި ނިއުޒީލެންޑަކީ "ވަން-ޗައިނާ" ސިޔާސަތަށް ފުރިހަމައަށް ތާއީދުކުރާ ގައުމެކެވެ. ޗައިނާއާ އެކު ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރުމަކީ ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ބޮޑުވަޒީރު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތައް ހައްލު ކުރުމަށާއި ފެހި ތިމާވެއްޓަކަށް ޗައިނާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި އަދާކުރާ ދައުރު ބަލައިގަންނަ ކަމަށެވެ. އަދި ގުދުރަތީ ފެހިކަން ދެމެހެއްޓުމަށް ޗައިނާއިން ބޮޑު ހޭދައެއް ކުރާކަން އެނގިވަޑައިން ގަންނަވާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910