ހަބަރު

އެމެރިކާއާ ގުޅިގެން ހިންގި އެކްސަސައިޒް ނިންމާލައިފި

ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި "އެކްސަސައިޒް ބެލެންސް މެޓަލް" ނިންމާލައިފި އެވެ.

އެ އެކްސަސައިޒް ނިންމާލުމުގެ ގޮތުން އިއްޔެ ސެންޓްރަލް އޭރިއާގެ ހެޑްކުއާޓާ، ކައްދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއެންޑީއެފް މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ވައިސް ވަހީދެވެ.

މީގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި އޯގަސްޓު މަހުގެ 1 އިން 22 އަށް ކުރިއަށްގެންދިޔަ އެ އެކްސަސައިޒްގައި އެމްއެންޑީއެފްގެ ސްޕެޝަލް ފޯސަސް، މެރިންކޯ އަދި ކޯސްޓްގާޑްގެ ސިފައިން ބައިވެރިވެފައި ވެއެވެ.