އެމްއެންޑީއެފް

އެމެރިކާއިން ދިވެހި 36 ސިފައިން ތަމްރީނުކޮށްފި

އެކްސާސައިޒް "ލެންޓާން މެޓަލް" ގައި އެމެރިކާގެ އަސްކަރިއްޔާއިން އެމްއެންޑީއެފްގެ 36 ސިފައިން ތަމްރީނު ކޮށްދީފި އެވެ.

ދިވެހި ގައުމީ ދިފާއީ ބާރާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ކުރިއަށް ގެންދާ އެކްސާސައިޒް ލެންޓާން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިން އެކްސާސައިޒް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ އެވެ. އެއީ ލ. ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ ވިދާޅުވީ އެކްސާސައިޒް ލެންޓާން މެޓަލްއަކީ ރާއްޖެ އާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ ހެއްކެއް ކަމަށެވެ. އަދި މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވޯކް އެގްރީމެންޓުގެ ސަބަބުން ދިފާއީ ގޮތުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށެވެ.