ރައީސުލްޖުމްހޫރިއްުޔާގެ މޮޓޯކޭޑުގެ ޖޭމަރެއްްގެ ގޮތުގައި ސިފައިން ބޭނުން ކުރާ ވެހިކަލެއް ހުޅުމާލެ ހައިވޭ މަތީން އެކްސިޑެންޓުވެ ގެއްލުންތައް ވެއްޖެ އެވެ. ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެ އެވެ.
ސިފައިންގެ އެ ވެހިކަލް އެކްސިޑެންޓުވެފައި ވަނީ މިއަދު މެނދުރު އެވެ. ފުލުހުން ބުނީ ހުޅުމާލެ ހައިވޭން ބްރިޖާވީ ކޮޅަށް ދަނިކޮށް ހައިވޭގެ ޑިވައިޑަރުތަކުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި ހާދިސާގައި ހައިވޭގައި ދަގަނޑުން ހަދާފައި ހުރި ރޯޑް ޑިވައިޑަރުތަކުގެ ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ. މީގެ ކުރިން ވެސް ހައިވޭގައި ގިނަ އެކްސިޑެންޓުތަކެއް ހިނގައި ރޯޑް ޑިވައިޑަރުތައް ވަނީ އެކި ވަރަށް ހަލާކުވެފަ އެވެ.