މަގުމަތީގެ އެކްސިޑެންޓް

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވެއްޖެ

ހުޅުމާލެއާއި ހުޅުލެ ގުޅޭ ހައިވޭގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ހުޅުމާލެއާއި ހުޅުލެ ގުޅާލާފައިވާ ހައިވޭގައި ދުއްވަމުން ދިޔަ ސައިކަލެއް ކަހާލުމާ ގުޅިގެން އަނިޔާވި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އިއްޔެ ފަތިހު 6:40 ހާއިރު ރިޕޯޓްކޮށްފައިވާ މިހާދިސާގައި މަރުވީ ސްރީލަންކާގެ ރައްޔިތެއް ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ މާލެ އިން ހުޅުމާލެއަށް ސައިކަލްގައި ދުއްވާފައި ދަނިކޮށް ސައިކަލް ކަހާލައިގެން ގޮސް ފެންސްގައި ޖެހިގެންނެވެ.

މި މީހާއަށް ފުރަތަމަ ފަރުވާ ދިނީ ހުޅުމާލެ ހޮސްޕިޓަލް ގައެވެ. ނަމަވެސް މިއަދު އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފުލުހުން އިތުރަށް ބުނީ މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910