ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ޕޮލިސް ސާވިސް

ބްރިޖްގައި ދަތުރު ކުރެވޭނީ ހާއްސަ ހާލަތްތަކުގައި

ކާފިއު ނޫން ވަގުތު ބޭރުގައި އުޅެން ދޫކުރާ ހުއްދަގެ ދަށުން މާލޭގައި އުޅޭ މީހުންނަށް ހުޅުމާލެ އަށް އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް މާލެ ނުދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާ އެ ފިޔަވަޅުތައް މިއަދު ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގެ ކާފިއު ވަގުތު ވަނީ އިތުރުކޮށްފައެވެ. ހަވީރު ހަތަރަކުން ހެނދުނު އަށަކަށް ވަނީ ވަގުތު އިތުރުކޮށްފައެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ފުލުހުން ދޫކުރާ ފާހެއް ހިފައިގެންނެވެ. އެ ފާސް ދޫކުރާނީ ގޭބީސީއަކަށް ދެ ފާހުގެ މަގުންނެވެ.

ފުލުހުން ބުނީ އެ ފާސް ބޭނުން ކޮށްގެން މާލޭގައި ދިރިއުޅޭ މީހުންނަށް ހުޅުމާލެ އަށް އަދި ހުޅުމާލޭގައި އުޅޭ މީހުންނަށް މާލެއަށް ދަތުރުނުކުރެވޭނެ ކަމަށެވެ. ހުޅުމާލޭގައިވެސް ފާސް ދޫކުރުން ކުރިއަށް ގެންދާނެ އެވެ.

ނަމަވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް އާއިލީ މީހަކަށް ކޮންމެހެން ގެންދަން ޖެހޭ އެއްޗެއް ހިފައިގެން މާލެއިން ހުޅުމާލެއަށް ދެވިދާނެ ކަމަށް ބުންޏެވެ. އެހެން ކަމުން ކުރިއަށް އޮތް ދެ ހަފްތާއަށް ބްރިޖް ބަންދުވާނެ އެވެ.

ފުލުހުން ބުނީ ވިލިމާލޭގައި އުޅޭ މީހުންނަށް ދޫކުރާ ފާސް ބޭނުން ކޮށްގެން މާލެއަށް އާދެވޭނެ ކަމަށާ ނަމަވެސް އެއީ ޒަރޫރީ ބޭނުންތަކަށް އެކަނި ކަމަށެވެ.

ފުލުހުން ބުނީ ހުއްދަ ދޫކުރާނީ ވަކި މީހަކަށް ކަމަށާ އެ ނޫން މީހަކަށް އެ ފާސް ބޭނުން ނުކުރެވޭނެ ކަމަށެވެ. ފާސް ދޫކުރާ މީހާ ނޫން އެހެން މީހަކު ފާސް ހިފައިގެން ބޭރުގައި އުޅޭނަމަ އެއީ އެއް ގޭބީސީއަކަށް ނިސްބަތްވާ މީހެއް ނަމަވެސް އޭނާ ހުއްޓުވާނެ ކަަމަށް ފުލުހުން ވަނީ ބުނެފައެވެ. ފާސް ދޫކުރި މީހާ ބަދަލު ކުރަން ބޭނުންނަމަ އެކަމަށް ހުށައެޅުމުން 72 ގަޑިއިރުތެރޭ ބަދަލުކޮށްދޭނެ އެވެ.

ފާސް ދޫކުރާނީ ގޭބީސީގައި ހިމެނޭ ކޮންމެ މީޓަރަކަށް ދެ ފާހުގެ މަގުންނެވެ. ފާހަށް އެދުމަށް ކަރަންޓް މީޓަރުގެ ނަންބަރު ހުށައަޅަން ޖެހޭނެ އެވެ. ފުލުހުން ބުނީ ގެތަކަށް ދޫކުރާ ފާސްތަކަށް އެދުމުގެ ފުުރުސަތު މިރޭ އަށެއް ޖަހާއިރުން ފެށިގެން ޕޮލިސް ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެ ކަމަށެވެ. މެއި 26 އިން ފެށިގެން ދެ ހަފްތާގެ ނިޔަލަށް ހެނދުނު އަށަކުން ހަވީރު ހަތަރަކަށް ބޭރުގައި އުޅެވޭނީ އެ ފާސް ހިފައިގެންނެވެ.