ސިނަމާލެ ބްރިޖަށް ދަންވަރު އެކަކުން ފެށިގެން އެރުން މަނާކޮށްފި އެވެ.
ފުލުހުުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުން ފެށިގެން ދަންވަރު އެކަކުން ހެނދުނު ނުވަޔަކަށް ބްރިޖަށް އެރުން މަނާ ކޮށްފައިވާ ކަމަށެވެ. މިއީ ކޮވިޑް-19 ފެތުރި ކުރިއަށް އޮތް ދެ ހަފްްތާ ތެރޭ ސާޖް އަކަށް ދާނެ ކަމަށް ލަފާ ކޮށްފައިވާތީ ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ.
މިއަަދުން ފެށިގެން އަމަލު ކުރަން ފަަށާ އެ ފިޔަވަޅު އަޅާފައި ވަނީ ދެ ހަފްތާގެ މުއްދަތަކަށެެވެ.
ބަންދު ވަގުތުގައި ބްރިޖަށް އެރޭނީ ކޮންމެހެން މުހިއްމު ޕަބްލިކް ހިދުމަތްތަކަށާއި ސެކިއުރިޓީގެ ހިދުމަތުގައި އުޅޭ ފަރާތްތަކަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލެ ސިޓީގައި ކޮރޯނާ ވައިރަސް ފެތުރި ބަލި ޖެހުނު މީހުންގެ އަދަދު ހާހަކަށް ގާތް ކުރަނީ އެވެ. މި ބަލީގައި މިހާރު ހަތަރު މީހުން ވަނީ މަރުވެފަ އެވެ. އެއީ ބިދޭސީ އަކާއި ދިން ދިވެހިންނެވެ.
ކޮވިޑް-19 ޖެހުނު މީހުންގެ ޖުމްލަ އަދަދު ހާހަކާ ގާތްކުރާއިރު ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސިޓީ ވަނީ އިިތުރު 14 ދުވަހަށް ލޮކްޑައުންކޮށްފަ އެވެ.