ސިނަ މާލެ ބްރިޖް

ބްރިޖްގެ ބައެއް ލޭން މިރެ އާއި މާދަމާރޭ ބަންދުވާނެ

ސިނަމާލެ ބްރިޖްގެ ބައެއް ލޭން މިރެ އާއި މާދަމާ ރޭ ބައެއް ވަގުތުތަކުގައި ބަންދުކުރުން ނިންމައިފި އެވެ.

ޓްރެފިކް ޕޮލިސް އިން ބުނީ މިރޭ 11:30 އިން ފެށިގެން މާދަމާގެ ފަތިހު 5:30 އަށް ސިނަމާލެ ބުރިޖުގެ ހުޅުމާލެއިން މާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެ ކަމަށެވެ. އަދި 22 ވަނަ ދުވަހުގެ ދުވަހުގެ 11:20 އިން ފެށިގެން 23 ވަނަ ދުވަހުގެ ފަތިހު 5:30 އަށް މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ލޭން ބަންދުވާނެ ކަމަށެވެ.

ބުރިޖުގެ ލޭންތައް ބަންދުކުރެވޭ ވަގުތުތަކުގައި ހުޅުވާލާފައިވާ ލޭނުން ދެކޮޅަށް ފުލުހުންގެ އިރުޝާދާއި އެއްގޮތަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަަމަށްވެސް ބުންޏެވެ.