ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ލޮކްޑައުންއާ ހިލާފުވުން: 543 މީހަކު ޖޫރިމަނާ

ކޮވިޑް-19 އާޢި ގުޅިގެން މާލޭ ސިޓީ ލޮކްޑައުންއަކަށް ގޮސްފައިވާއިރު މިހާތަނަށް ލޮކްޑައުން އާއި ހިލާފުވެގެން 543 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވިދާޅުވީ އިއްޔެ 167 މީހަކު މާލެސިޓީން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި 139 މީހަކު ޖޫރިމަނާ ކޮށްފައި ވަނީ މާލެއިން ކަމަށާއި 23 މީހަކު ހުޅުމާލެއިން ޖޫރިމަނާ ކޮށްފައިވާއިރު ފަސް މީހަކު ވިލިމާލެއިން ޖޫރިމަނާ ކުރި ކަމަށެވެ.

ނަވީން ވިދާޅުވީ ލޮކްޑައުން އާ ހިލާފްވެގެން މިއަދާ ހަމަޔަށް ޖުމްލަ 543 މިއަދާ ހަމަޔަށް ޖޫރިމަނާ ކޮށްފައިވާ ކަމަށާއ އޭގެ ތެރެއިން 458 މީހުން ޖޫރިމަނާ ކުރީ މާލެއިން ކަމަށާއި ހުޅުމާލެއިން 53 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު 32 މީހަކު ވިލިމާލެއިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

ލޮކްޑައުންއާއި ހިލާފްވެގެން މިހާތަނަށް 49 މީހަކު ހައްޔަރުކޮށްފައިވާއިރު މީގެ ތެރެއިން 47 މީހުން ހައްޔަރު ކޮށްފައި ވަނީ މާލެއިންނެވެ.