ވިޔަފާރި

ދިރާގު ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް

Sep 4, 2019

ދިރާގު ބްރޯޑް ބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކާ ނުލައި ޕެކޭޖު ބަދަލު ކޮށްލައިދޭ، ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ އެ ކުންފުނިން، ދެ މަސް ދުވަހުގެ މުއްދަތަށް ސްޕީޑުގައި ގިނަ އެލަވެންސް ތަކެއް ހިމެނޭ ޕެކޭޖެއް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި އެ ކުންފުނީގެ ފައިބަ ބްރޯޑްބޭންޑް އަދި އޭޑީއެސްއެލް ކަސްޓަމަރުން މިހާރު ބޭނުންކުރާ ޕެކޭޖްގެ އަގު ގައި މިހާރުގެ ޕެކޭޖަށްވުރެ ރަނގަޅު ޕެކޭޖެއް ނެގޭނެ އެވެ. މި ޕެކޭޖުގައި ކަސްޓަމަރުންނަށް ގިނަ އެލަވަންސް އަދި މަތީ ޕެކޭޖްގެ ސުޕީޑް ތަޖުރިބާ ކޮށްލެވޭނެ ކަމަށް ބުނެފައިވެ އެވެ.

މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް އަނބުރާ ކުރީގެ ޕެކޭޖައް ބަދަލު ވެސް ކޮށްލެވޭނެ އެވެ. ދެ ދުވަސް ހަމަވުމުން ޕެކޭޖް ބަދަލު ނުކުރުމުގެ އިހުތިޔާރު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ދިރާގު ވެބްސައިޓްގެ މައި އެކައުންޓުން ޕެކޭޖް ބަދަލު ކުރުމަށް އެޕްލައި ކުރެއްވޭނެ އެވެ. ވެބްސައިޓްގެ އިތުރުން އީމެއިލް ނުވަތަ 123 އަށް ގުޅައިގެން ނުވަތަ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ ދިރާގު ކަސްޓަމަރު ސާވިސަސް ސެންޓަރު ތަކަށް ޒިޔާރަތް ކުއްވައިގެން ޕެކޭޖް ބަދަލު ކުރެއްވޭނެ އެވެ.