ހަބަރު

ޝައިހު ހުސައިން ރަޝީދަށް ފޮރިން މިނިސްޓްރީގެ މަގާމެއް

އަދާލަތު ޕާޓީގެ ކުރީގެ ރައީސް ޝައިހު ހުސައިން ރަޝީދު އަހުމަދު، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމަށް އައްޔަން ކުރައްވައިފި އެވެ.

ކުރީން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވި އަދި މިހާރު އަމިއްލަ ހައްޖު އުމުރާ ގްރާޕަކާއެކު ވިޔަފާރި ކުރައްވާ ހުސައިން ރަޝީދު އަހުމަދު ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިނިސްޓަރުންގެ ނައިބުގެ ފެންވަރުގަ އެވެ.

އެޑިޝަނަލް ސެކެޓްރީގެ މަގާމަކީ ސިޔާސީ މަގާމެކެވެ. އޭނާ އެ އެމަގާމަށް އައްޔަން ކޮށްފައިވަނީ އިއްޔެ އެވެ.

އޭނާ އަކީ އެމިނިސްޓްރީގެ ތިން ވަނަ އެޑިޝަނަލް ސެކެޓްރީއެވެ. ފޮރިން މިނިސްޓްރީގައި އެޑިޝަނަލް ސެކެޓްރީންގެ ގޮތުގައި ދެން ތިއްބަވަނީ އަމީން ޖާވީދު ފައިސަލާއި، އަހުމަދު ޝިއާން އެވެ.