ކުޅިވަރު

ޗައިނާއާ އެއްވަރު ކުރިޔަސް ކޮންމެ ކުޅުންތެރިޔަކަށް އެއް ލައްކަ ރުފިޔާ

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ޗައިނާއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރު ކޮށްލެވުނަސް ގައުމީ ޓީމުގެ ކޮންމެ މެންބަރަކަށް 100،000 ރުފިޔާ ދޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޔޫތު، ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވަނީ ގައުމީ ޓީމާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ޗައިނާ އާ އެއްވަރުކޮށް ޕޮއިންޓެއް ހޯދިޔަސް ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށާއި ޓީމުގެ މެނޭޖުމެންޓް ކޮންމެ މީހަކަށް އެއް ލައްކަ ރުފިޔާ ދޭނެ ކަމަށް ވިދާޅުވި ކަަމަށެވެ.

ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. މި ބައްދަލުވުމުގައި މްހްލޫފް ވިދާޅުވީ ރާއްޖެ އާއި ޗައިނާ ކުޅޭ މެޗުގައި ގައުމީ ޓީމުން ރަނގަޅު ކާމިޔާބެއް ހޯދެއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވަރަށް ބޮޑު އެދިލައްވާ ކަމެއް ކަމަށެވެ.

ޗައިނާ އާ ދެކޮޅަށް މިރޭ ކުޅޭ މެޗު ފަށާނީ 8:00 ގަ އެވެ.