މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންއާ ގުޅޭ ގޮތުން ގެއްލުވާލާފައިވާ މީހުންނާއި މަރުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓާ ގުޅިގެން ފުލުހުން ގެތަކެއް ފާސްކުރުމުގެ އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި އޮޕަރޭޝަން ކުރިއަށް ދިޔައީ މާލެ އާއި އައްޑޫގަ އެވެ.