އެސްޓީއޯ

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ޕްލެޓިނަމް ސްޕޮންސަރަކަށް އެސްޓީއޯ

Sep 10, 2019

އެޑީކޭގެ "މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް" ގެ ޕްލެޓިނަމް ސްޕޮންސަރަކަށް ވާން އެސްޓީއޯއިން އޭޑީކޭއާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މިއީ މި ސިލްސިލާގެ ތިން ވަނަ ކޮންފަރެންސެވެ. މިފަހަރުގެ ކޮންފަރެންސް އޮންނާނީ މި މަހުގެ 17 އިން 19 އަށެވެ.

މިއަދު އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަ އަހުމަދު އަފްއާލެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯ ސާޖަން ޓީމުން އިސް ނަގައިގެން ބާއްވާ މި ކޮންފަރެންސަކީ އެ ދާއިރާގެ ރިސާޗް ތަކާއި އާ ހޯދުންތަކާއި ކުރިއެރުންތައް ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ މެދުގައި ހިއްސާކުރުމުގެ ފުރުސަތެއް ހޯދައި ދިނުމެވެ.

އެސްޓީއޯއިން ބުނީ މި ކޮންފަރެންސެއްގައި ބައިވެރިވަނީ ސިއްހީ ދާއިރާގެ ކުރިއެރުމަށް ކުރެވޭ މިފަދަ ކަމެއްގައި އެ ކުންފުންޏަށް ވެދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭން ކަމަށެވެ.