އެސްޓީއޯ

ބޭހާއި ލޮނު ޕެކެޓުގެ ސްޓޮކް އެބަހުރި: އެސްޓީއޯ

އެސްޓީއޯގެ ފާމަސީއަކު މީހަކު ހިދުމަތް ހޯދަނީ -- ފޮޓޯ: އެސްޓީއޯ
0%
0%
0%

މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެފައިވާއިރު ފަރުވާ ދޭން ބޭނުންކުރާ ބޭހާއި ލޮނު ޕެކެޓު "އޯއާރުއެސް"ގެ ސްޓޮކު އެބަހުރި ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެސްޓީއޯގެ މީޑިއާ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ ހޮޑުލުމާއި ބޭރަށް ހިންގާތީ ދޭ ބޭހާއި ލޮނު ޕެކެޓުގެ ސްޓޮކު ލިބުމުގައި ދަތިކަމެއް ނެތް ކަމަށެވެ.

ބޭހުގެ އިތުރު ސްޓޮކެއް ހޯމަ ދުވަހު ރާއްޖެ އަންނާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެ މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ.

https://avas.mv/133809

އޭޑީކޭ އާއި އައިޖީއެމްއެޗް އިން ވަނީ އިއްޔެ އިން ފެށިގެން ޑޮކްޓަރަށް ދައްކާ ކުދިން އިތުރުވެ ހޮސްޕިޓަލްތަކުގެ އެމެޖެންސީ ރޫމް ފުރިފައިވާތީ ފަރުވާ ދިނުމަށް ހާއްސަަ އިންތިޒާމުތަކެއް ހަމަޖައްސަމުންދާ ކަމަށް ބުނެފަ އެވެ.

ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލާއި ސިފައިންގެ ހޮސްޕިޓަލް -- ސެނަހިޔާގައި ވެސް ގިނަ އަދަދެއްގެ ކުދިންނަށް ފަރުވާ ދެމުންދާ ކަމަށް އެނގިފައިވެ އެވެ.

މާލެ ސަރަހައްދުގައި ހޮޑުލުމާއި ބޭރަށް ހިންގުން ކުއްލިއަކަށް އިތުރުވި ވަކި ސަބަބެއް އެނގިފައި ނުވާތީ އެކަން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345