އެޗްޕީއޭ

އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް ކަނޑާފައި

މާލޭގައި ހުންނަ އާސަންދަ ލިބޭ ފާމަސީއެއް -- ފޮޓޯ:އަވަސް
0%
0%
0%

ސިއްހީ ހިދުމަތް ރަނގަޅުކުރުމަށް ސަރުކާރުން ފަށާފައިވާ އާސަންދަ ރީފޯމު ކުރުމުގެ މަސައްކަތުގެ ތެރެއިން މާދަމާ އިން ފެށިގެން އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް އޮތް ނަމަ އެ އިންޝުއަރެންސްގެ ލިމިޓް ހަވަމުން ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންނަށް ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމަކީ ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ދެން އާސަންދަ ލިބޭނީ ޕްރައިވެޓް އިންޝުއަރެންސް ނަގާފައިވާނަމަ، އެ މީހުންގެ ޕްރައިވެޓް އިންޝުއަރެންސް ފެކޭޖުގެ ލިމިޓް ހަމަވުމުން ކަމަށްވެސް އެންސްޕާ އިން ބުންޏެވެ.

އެންސްޕާއިން ބުނީ މާދަމާއިން ފެށިގެން ސަރުކާރުގެ ހޮސްޕިޓަލުތަކާއި އަދި އަމިއްލަ ކްލިނިކްތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮތްނަމަ އެފަރާތެއް ޕްރައިވެޓް އިންޝުއަރެންސަށް ފުރަތަމަ ބިލް ކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

އެންސްޕާއި ބުނީ ހިދުމަތް ހޯދާ ފަރާތްތަކުން ހިދުމަތް ލިބުނުކަމުގެ ރަސީދު ހޯދުމަށާއި އަދި މިއުސޫލުތަކާއި ހިލާފަށް ހިދުމަތް ދޭ މަރުކަޒެއް ފާހަގަކުރެވިއްޖެނަމަ އެކަން އާސަންދައިގެ ޗެޓްލައިން 7951400 އަށް އެންގުމަށްވެސް އެދިފައިވެ އެވެ.

އާސަންދައިގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކަރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ރާއްޖެއިން ދޫކުރާ 250 ބޭހެއް ބަލްކްކޮށް ރާއްޖެ ގެނެސް އަގު ހެޔޮ ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910