ހަބަރު

ހޮސްޕިޓަލްތަކުގެ އައިޓީ މުވައްޒަފުން ތަމްރީންކޮށްފި

ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ވިއުގައަކުން ގުޅާލަން ހުރިހާ ހޮސްޕިޓަލްތަކުގެ އައިޓީ މުވައްޒަފުންނަށް ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލައިފި އެވެ.

ޑަބްލިއުއެޗްއޯގެ އެހީގައި މި މަހުގެ 9 އިން 12 އަށް ކުލިކް ކޮލެޖާއި ގުޅިގެން ހިންގި ތަމްރީން ޕްރޮގްރާމް ނިންމާލީ މިއަދު އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ޕްރޮގްރާމްގައި ހޮސްޕިޓަލުތަކާއި މަރުކަޒުތަކުގެ ހިދުމަތްތައް ހަރުދަނާކޮށް ދުވަހުން ދުވަހަށްދޭ ހިދުމަތްތައް މެދުކެނޑުނަ ނުދީ ކުރިއަށް ގެންގޮސް މައްސަލަތައް ދިމާ ނުވާ ގޮތަކަށް ސިސްޓަމް ބައްޓަން ކުރުމަށް ދަސްކޮށް ދިނެވެ. އަދި ސިއްޙީ ދާއިރާ ޑިޖިޓަލައިޒް ކުރުމަށް ބޭނުންވާ ޓެކްނިކަލް މައުލޫމާތު ވެސް މި ޕްރޮގްރާމްގެ ބައިވެރިންނަށް ކިޔައި ދިނެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، ހެލްތް ނެޓްވޯކް ގާއިމް ވުމުން އެންމެ ފުރަތަމަ ކަމަކަށް ސަރުކާރުގެ އޮފީސްތަކުގައި ބޭނުން ކުރާ "އީގަވް" ނެޓްވޯކް ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނަކަށް ލިބޭނެ އެވެ. އަދި ސޮފްޓްވެއާތައް މެދުވެރިކޮށް ހޮސްޕިޓަލުގެ ހިންގުމުގެ ނިޒާމް ވަރުގަދަ ކުރެވި، ނިރާމެއްގެ ދަށުން ސިއްހީ ނިޒާމް މޮނިޓަ ކުރެވޭނެ އެވެ.