ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސިއްހީ ދާއިރާއަށް އިތުރު ސަމާލުކަންދޭންޖެހޭ: ނަރުހުން

ނަރުހުންގެ ދުވަސް މިއަދު ފާހަގަ ކުރާއިރު، ގައުމީ މަސައްކަތުގައި ނަރުހުން ފްރަންޓްލައިންގައި ނިކުމެ އެބަ ތިއްބެވެ. ޑޮކްޓަރުންނަށް ވުރެ ބޮޑަށް ބަލި މީހުންނާ ކޮންޓެކްޓު ވަނީ ނަރުހުންނެވެ. ނަރުހުންނަކީ އަބަދުވެސް ސިއްހީ ގޮތުން ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ކުރިމަތިލާ ބައެއް ކަމުގެ ޔަގީންކަން ނަރުހުން ދެ އެވެ.

މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ކުރިމަތިމަތިވެފައިވާ ހާލަތުން އިބްރަތް ހާސިލްކޮށް، ސިއްހީ ދާއިރާއަށް އިތުރަށް އަޅައިލަން އެދިފައި ވެއެވެ.

"... އަދިވެސް ވަގުތު އެބައޮތެވެ. ދުޅަހެޔޮ ޖީލެއް ބިނާ ކުރުމަށް ސިއްހީ ދާއިރާއަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ." ބަޔާނުގައި ވެއެވެ.

ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ އެ ކައުންސިލުން ބުނީ، ހާއްސަ ދާއިރާތަކުން ނަރުހުންނަށް ތައުލީމާއި ތަމްރީން ހާސިލް ކުރުމުގެ މަގުފަހިވެގެން ދިއުމަކީ ސިއްހީ ގޮތުން ކުރަންޖެހޭ ހޭދައަށް ލިބޭނެ ލުޔެއް ކަމަށެވެ.

ބަޔާނުގައި ނަރުހުންނާއި އެ މީހުންގެ އެކުވެރިން ތިބީ، ކޮވިޑް-19 ޖެހިފައިވާ ބަލި މީހުން ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް ހިދުމަތް ފޯރު ކޮށްދިނުމަށް އަތުކުރި އޮޅާލައިގެން ކަމަށް ބުނެފައި ވެއެވެ.

"... ނަރުހުންނަކީ އަބަދުވެސް ސިއްހީ ގޮތުން ގައުމަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައިވެސް ހިތްވަރާއި ކެރުމާއެކު ހިދުމަތް ދިނުމުގައި ތަޖުރިބާހުރި ހުނަރުވެރި ނަމޫނާ ބައެކެވެ. އަދި ބަލިމީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ ކޮންމެ ދަނޑިވަޅެއްގައިވެސް ސާބިތުކަމާއެކު ކުރިމަތިލައިގެން ތިބޭ އެހީތެރި އެކުވެރިންނެވެ"

މި އަހަރަކީ ނަރުހުންގެ އަހަރުގެ ގޮތުގައިވެސް ފާހަގަ ކުރާ އަހަރެވެ. އެއީ މި އަހަރު މޮޑަން ނާސިންގެ ހިދުމަތް ތައާރަފުކުރި، "ފްލޮރެންސް ނައިޓިންގޭލް" ގެ 200 ވަނަ އުފަންދުވަހާ ދިމާވާތީ އެވެ.