އަވަސް ރީލް

އަވަސް ރީލް: ދިވެހި "އަޑީ ދައުލަތް"!

އަޑީ ދައުލަތާ ގުޅޭ ގޮތުން އަވަސް އިން ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓް

ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަޑީ ދައުލަތެއްގެ ވާހަކަ ދައްކަވާތާ މިހާރު ވަނީ ދޮޅު އަހަރެއްހާ ދުވަސް ވެފަ އެވެ. އަޑީ ދައުލަތް ނުވަތަ އަނދިރި ދައުލަތެއްގެ ވާހަކަތައް ވަރަށް ގަދައަށް ދެކެވެމުންދާއިރު، ތިލަ ކުރަން މަސައްކަތް ކުރައްވަނީ ކޮން ވާހަކައެއްތޯ ވަރަށް ގިނަ ބަޔަކު މިހާރު ސުވާލު ވެސް ކުރެ އެވެ. އަޑީ ދައުލަތުގެ ވާހަކަ އެންމެ ފަހުން ރައީސް ނަޝީދު ދެއްކެވި ރަސްމިއްޔާތުގައި "އަނދިރި ދައުލަތެއްގެ ބާރު" ދިވެހި ދައުލަތުގެ ތެރޭގައި ގަދަ ކުރަމުން ގޮސް އެ އަނދިރި ދައުލަތުގެ ބާރު ދިވެހި ދައުލަތުގެ އެންމެ އެތެރެއަށް ވަދެފައިވާ ކަމަށް ވިދާޅުވެފައި އެވެ.

އަޑީ ދައުލަތާ ބެހޭ ގޮތުން އަވަސްގެ ނޫސްވެރިޔާ އަހުމަދު ހަމީދު އާދަމް، "ސާފުކޮށްދީ: އަޑީ ދައުލަތަކީ ކޮން ވާހަކައެއް؟" މި ސުރުހީގައި ރިޕޯޓެއް ލިޔެފައި ވެއެވެ.